ޓްރެފިކް ފުލުހުންނާއެކު، ސީޕީވެސް މަގު މައްޗަށް

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްރެފިކް ފުލުހުންނާއި އެކުގައި މަގުމަތު ޕެޓްރޯލް ކުރުމުގައި: ފޮޓޯ / ޕޮލިސް

މާލެ ސިޓީ، ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަން ފަށާފައިވާއިރު، މިކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް މަގުމަތި ޕެޓްރޯލް ކުރެއްވުމަށް ނިކުންނަވައިފި އެވެ.

މާލޭ ސިޓީގައި ކާފިއު ހިންގަނީ ހަވީރު 17:00 އިން ފެށިގެން މިރޭ 20:00 އަށެވެ. މިގަޑިތަކުގައި މާލޭގެ މަގުތަކަށް އާންމުން ނިކުމެ އުޅުމަކީ މަނާކަމެކެވެ.

މިއާއެކު ހަލަބޮލި މާލެސިޓީގެ އެއްވެސް މަގަކުން މީހަކު ނުފެނެއެވެ. އަދި އެއްވެސް އުޅަނދެއްވެސް ދުއްވާފައިދާ މަންޒަރެއް ނުފެނެއެވެ. މިކަމުންވެސް ދައްކުވައިދެނީ ދިވެހިން އެމީހުންނަށް ދީފައިހުރި އިރުޝާދުތަކަށް ބޯލަނބާ ކަމެވެ.

މާލޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރި ވަމުންދާއިރު، އެކި ސަރަހައްދުތަކުގައި މަޑުކޮށްލައިގެން ތިބި މަދު ބަޔަކާ ވާހަކަދެއްކުމަށް ރަޔަޓް ގިޔަރުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މި ޕެޓްރޯލްކުރުމުގައި ސީޕީ ހަމީދުވެސް އަންނަނީ ބައިވެރިވަމުން ނެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.