ވިލަމެންދޫ ރިސޯޓުގެ ތިޖޫރީ ފަޅާލައި، ޕާސްޕޯޓްތަކަކާއި ފައިސާތަކެއް ވަގަށް ނަގައިފި

ވިލަމެންދޫ ރިސޯޓް/ ފޮޓޯ- ވިލަމެންދޫ

އދ. ވިލަމެންދޫ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރި ފަޅާލައި އޭގައި ހުރި ޕާސްޕޯޓްތަކަކާއި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ ރިސޯޓުގެ އޮފީހުގައި ހުރި ތިޖޫރިއެއް ވަގަށް ނަގައި ހަލާކުކޮށްލައިގެން ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:59 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

ހަލާކުކޮށްލައިގެން ވައްކަން ކުރުމަށްފަހު އެއްލާލާފައިވަނިކޮށް ތިޖޫރީ ފެނިފައިވަނީ އެ އޮފީހުގެ ގުދަން ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ތިޖޫރީއިން ވަގަށް ނަގާފައިވަނީ 80 ޑޮލަރާއި، 230 ރުފިޔާގެ އިތުރުން 57 ޕާސްޕޯޓު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.