އަންނަ ހަފްތާގައި 3 ދުވަހު ބޭންކުތަކުގެ ހިދުމަތް ލިބޭނެ

ބީއެމްއެލް ހެޑް އޮފީސް/ ފޮޓޯ- ބީއެމްއެލް

އަންނަ ހަފުތާގައިވެސް ސަރުކާރުން ބަންދު ކުރުމަށް ނިންމާފައިވީ ނަމަވެސް ބޭންކުތަކުގެ ހިދުމަތް ތިން ދުވަހު ލިބިގެން ދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުވެސް ބޭންކް ހުޅުވާފައި ހުންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 އަށް ބޭންކުތަކުން ހިދުމަތް ދެމުން އަންނާނެއެވެ. މީގެއިތުރުން ވަކި ލާރި ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް އެދުވަސްތަކުގައި ދެމުން އަންނާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެއެެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ސަރުކާރުން އަންނަނީ އެކަމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ތިން ހަފްތާއަށް ސަރުކާރުން ބަންދު ކުރުމަށް ނިންމާފައިވާއިރު މިއަދުގެ ހަވީރު 17:00އިން  20:00އަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް މަގުތަކަށް ތިން މީހުންނަށްވުރެ ގިނައިން ނުނިކުތުމަށް ވަނީ އަންގާފައެވެ.

މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އެ މުއްދަތު އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.