މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ މަރަދޫއަށް އަރާ އާޢްމުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ވަނަދުވަހުގެރޭ ދަންވަރު މަރަދޫއަށް އަރާ އާއްމުންގެ މުދަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

އައްޑޫސިޓީ ހިތަދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެެއްގައި އެ މައްސަލަ އާއި ގުޅިގެން ތުހުމަތުކުރޭ ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 22 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެންމެންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެެވެ.

އައްޑޫގެ ސިޓީގައި އާއްމުންގެ މުދަލަށް ގެއްލުންދޭ މައްސަލަ މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެކަމާއި ގުޅިގެން އައްޑޫގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *