މިއަހަރުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ދަރަނި 12 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކުރިން ހީކުރި ގޮތާއި ޚިލާފަށް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރާނެކަމަށް މިހާރު ލަފާކުރެވޭކަމަށެވެ. މިކަމަކީ ކުރިން އަންދާޒާ ކުރެވުުމު ކަމެއް ނޫން ކަމަށް ވިދާޅުވެ މިކަމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރަށް ދައުލަތުން ލަފާކުރާ ކުރި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް މިހާރު ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ އުފެއްދުންތެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 5.7 ޕަސެންޓު ދައްވާނެކަމަށް ފިނޭންސް މިނިސްޓަ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިހާރު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާ ކުރެވޭގޮތަށް ލަފާކޮށް މިއަހަރުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް ކުރިން ލަފާކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު ފައިތުވެދިޔަ އަހަރާއި އަޅާބަލާއިދު 37 ޕަސެންޓާއި 50 ޕަސެންޓުގެ ދެމެދުގެ ޢަދަދަކަށް ދަށަށް ދާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިހާލަތުގައި ސަރުކާރުން ވަނީ ދައުލަތުން ކުރަމުންދާ ޚަރަދުތަކުގެ ތެރެއިން 1 ބިލިޔަން ރުފިޔާ އުނިކުރައްވައި ޚަރަދުކުދަކުރުމަށް ރާއްވަވާފައެވެ. އޭގެ މާނައަކީ ބޭނުމަކީ އިގްތިސޯދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދީ ހިންގެވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *