ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ދެނީ

މައުލޫމާތު ހޯދާ ލިބިގަތުމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް --

ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސްދުވަހުގެ އިނާޔަތެއް ދައުލަތުން ދޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް އިން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެލެވަންސް ދޭނީ މިއަދުން ފެށިގެން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ކަމަށެވެ. ވަޒީފާ ގެއްލޭ މީހުންނަށް ދެނީ ކިހާ ވަރެއްގެ އެލެވަންސެއް ކަމެއް ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އިޢުލާންކޮށްފައިވާ 1.5 ބިލިއަން ރުފިޔާގެ "ސްޓިމިއުލެސް ޕެކޭޖް" ނުވަތަ އިގްތިސޯދީ ރިކަވަރީ ޕެކޭޖުން ރިސޯޓްތަކަށް ފައިސާ ދޫކުރާނީ އެރިސޯޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަން ދިނުމުން ކަމަށެވެ. އަމީރު ވިދާޅުވީ  ރިސޯޓްތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭނީ "ސްޓިމިއުލަސް ޕެކޭޖު"ގެ ތެރެއިން ކަމަށެވެ.

"ވަރަށް މުހިންމު ކަމެއް ވަޒީފާ ގެއްލޭ މީހުން ރަޖިސްޓރީކުރުން. "ޓީމް"އިން އެބައޮތް ޢަދަދެއް ޙިއްސާކޮށްފައި ރިސޯޓުތަކުން ވަޒީފާ ގެއްލުނު މީހުން. އެހެންވެ މިދަންނަވަނީ ފޯމަލް މެކޭނިޒަމެއްގެ ތެރއިން މިކަންކުރަން. އަޅުގަނޑު އެދެން ޖޮބް ސެންޓަރގައި ރަޖިސްޓްރީކުރުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރިކަވަރީ ޕެކޭޖަށް ފައިސާ ހޯދާނީ ދިވެހި ސަރުކާރުން ބޭރުގެ ޤައުމުތަކާ މަޝްވަރާކޮށްގެން ނުވަތަ ބައިނަލްޢަޤްވާމީ މާލީ އިދާރާތަކާއި މަޝްވަރާކޮށްގެން ކަމަށް މިނިސޓަރު އަމީރު ވިދާޅުވިއެވެ.

އެކަމުގައި ކުރަމުން އަންނަ މަޝްވަރާތަކަށް އަލިމަގެއް ފެނިފައިވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 150 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭނެކަމަަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ. މިނިސްޓަރ ވަނީ ބާކީ އޮތް ޢަދަދުވެސް ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

1 thought on “ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ދެނީ

  1. ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެތޯ ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟

Leave a Reply

Your email address will not be published. Required fields are marked *