ކޮވިޑް19 އަށް ޓެސްޓު ކުރަން ނަޝީދު ތައްޔާރު!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު-

މިދިޔަ މަހުގެ 14ވަނަ ދުވަހުގެ ފަހުން އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ އެންމެން ކަރަންޓީން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމަށް އެ މުއްދަތުގެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޯލަނބާނެ ކަމަށް ރައްޔިތުން މަޖިލީހުން ބުނެފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ  އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހަށް އަމިއްލުފުޅު ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެހެންކަމުން ނަޝީދު ރާއްޖެ ވަޑައިގެންފައި ވަނީ އެޗްޕީއޭ އިން ބުނެފައިވާ މުއްދަތު ފަހުން ކަމަށްވާތީ ނަޝީދު ޓެސްޓު ކުރައްވާނެތީ ރޭ ނޫސްވެރިޔަކު މަބްރޫކް ގާތުގައި އެހުމުން މަބްރޫކް ވިދާޅުވީ ވަކި މީހެއް އިސްތިސްނާ ނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ އެމަނިކުފާނު އެ ދަތުރުފުޅު ކުރެއްވިއިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އަންނަ ހުރިހާ ފަރާތްތައް ކޮވިޑް19 އަށް ޓެސްޓު ކުރުން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ނިންމާފައި ނުވާ ކަމަށެވެ. މީގެއިތުރުން އިނގިރޭސިވިލާތާއި ގުޅޭ ގޮތުން އެފަދަ ޓްރެވެލް އެޑްވައިޒަރީއެއް ނެރުއްވާފައިނުވާ ކަމަށްވެސް މަޖިލީހުން ބުނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހުންނެވީ އެޗްޕީއޭ އިން އެދިވަޑައިގެންނެވިގޮތައް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަަށް މަޖިލީހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނިފުޅަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.