އެޗްޑީސީއަށް ދަކަންޖެހޭ ދެ މަހުގެ ކުލީގެ 30ޕަސަންޓު ދެކުން ފަސްކޮށްފި

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުހެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދަކަން ޖެހޭ ދެމަހުގެ ކުލީގެ 30 ޕަސަންޓު ދެއްކުން އެ ކުންފުނިން ފަސްކޮށްދީފިއެވެ.

އެކުންފުނިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން އެކުންފުނިން ދޫކޮށްފައިވާ ފްލެޓާއި ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާއީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މި މަހުން ފެށިގެން އަންނަ މަހު ދައްކަންޖެހޭ ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ފަސްކުުރުމަށް ހަމަޖެހިފައިވާ ދެމަހުގެ ކުއްޔާށްވާ ފައިސާގެ 30 ޕަސަންޓު އެ ކޯޕަރޭޝަންނަށް ދެއްކުމަށް 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއްގައި ކަސްޓަމަރުން އެދިލައްވާ ގޮތުގެ މަތިން އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެފަދަ ލުއިއެއް ދިން ނަމަވެސް ކުއްޔާއި އިންސްޓޯލްމަންޓުގެ ފައިސާގެ 70 ޕަސަންޓު ގަވައިދުން އެ ކުންފުންޏަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެ ދެމަހުގެ ކުއްޔާއި އިންސްޓޯލްމަންޓްގެ ފައިސާ ބީއެމްއެލް ޑެބިޓް ކާޑު މެދުވެރިކޮށް މިހާރު ޖަމާކޮށްފައިވާ ފަރާޓްތަކަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.

ދެމަހުގެ ކުއްޔާއި އިންސްޓޯލްމަންޓަށް އެގޮތަށް ލުޔެއް ދެވޭނީ އެއްބަސްވުމުގެ ދަށުން ގަވައިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކަށް އެކަންޏެވެ. އެ ލުއި ހޯދުމަށް އެ ކުންފުންޏަށް ފޯމެއް ހުށަހަޅަންޖެހޭއިރު އެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މަހު 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިއެވެ. އެ ކުންފުނިން ބުނީ ގަވާއިދުން ފައިސާ ނުދެއްކިވިވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.