އިތުރު ދިވެއްސެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

އިނގެރޭސިވިލާތުން އެނބުރި އައިތަނުން ކަރަންޓީނުކުރި އިތުރު ދިިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގެރޭސިވިލާތުން އެނބުރި އައުމުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ.

އޭނާ އަކީ މި ބައްޔަށް ރާއްޖެއިން 17 ވަނަ އަށް ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރީގައި ހުރި މީހެކެވެ. އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އޭނާގެ ޓެސްޓުގެ ހެދުމަށް ސާމްޕަލް ނެގީ އިއްޔެ ހަވީރު އެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ތިނަކަށް އަރައިފައެވެ. އަދި މިހާރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ ވެސް ތިން ދިވެހިންނަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ތިންް ދިވެހިންނަކީ ވެސް އިނގެރޭސިވިލާތުން އެނބުރި ރާއްޖެއަށް އައި ތިން މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *