ދަރަވަންދޫގައި ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިންގާ އެކަކު އަތަށް ކަތުރެއް ހަރާލައިފި

ދަރަވަންދޫ --

ބ. ދަރަވަންދޫގައި ދެބެންގެ ދެމެދުވައި ހިނގި މާރާމާރީއެއް ހިނގާ އެކެއްގެ އަތަށް ކަތުރެއް ހަރައިފިއެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބުނީ އިއްޔެއެވެ. ފުލުހުން ބުނީ މާރާމާރީ ހިނގާފައިވަނީ 28ވަނަ ދުވަހު ކަމަށެވެ. އަދި އެ މަރާާމާރީ ހިނގަން މެދުވެރިވީ ގެއަކުން ކުރި ވައްކަމަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ވައްކަން ކުރި ގޭގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ފިރިހެނަކު އޭނާގެ ކޮއްކޮގެ ވޮލެޓުން ފައިސާ ގެއްލިފައިވާ ކަމަށާއި އެމީހާގެ ކޮއްކޮ އަކީ އުމުރުން 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން މާރާމާރީ ހިންގާ އުމުރުން 26 އަހަރުގެ މީހާގެ އަތަށް ކަތުރެއް ހަރާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުން ވަނީ އުމުރުން 29 އަހަރުގެ މީހާ ހައްޔަރު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *