10 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަންގެ ކާގޯ ފްލައިޓު ރާއްޖެ އަތުވެއްޖެ

މޯލްޑިވިއަން ކަގޯ ފްލައިޓެއް/ ފޮޓޯ- މީސް މީޑިއާ

ސްރީލަންކާ އިން 10 ޓަނުގެ ކާގޯއާ އެކު މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް، މުދާގެނައުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ފަށާފައި ވަނީ މިއަދުއެވެ. މިއަދު ގެނެސްފައިވާ މުދާތަކުގެ ތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސިއްހީ ބައެއް ސާމާނެވެ.

މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލޮމްބޯއަށް އެ އެއާލައިންގެ ކާގޯ ދަތުރުތައް ކޮންމެ އާދީއްތަ ދުވަހެއްގައި ދަތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީގެކުރިން ވިދާޅުވީ އެ ދަތުރުތައް ފެށުމުގެ ކުރިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ގިނަ ވިޔަފާރިވެރިން މުދާ ގެންނަ “ކޮމަން” ސަރަހައްދުތައް ބެލުމަށްފަހު އެތަންތަނަށް އޮޕަރޭޓު ކުރުމުގެ ވިސްނަމުންދާ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މޯލްޑިވިއަން ވަނީ ކާގޯ ފްރައިޓާސް އޮޕަރޭޓު ކުރާނީ ފަސް މަންޒިލަކަށެވެ. އެ ފަސް މަންޒިލަކީ ކޮލަމްބޯ، ޓްރިވެންޑްރަމް، ޗެންނާއީ، ތައިލެންޑް އަދި ދުބާއީއެވެ. ނަމަވެސް ރިޒްވީ ވިދާޅުވީ ފަހަރުގައި އެ މަންޒިލްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.