ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

ކުޑަ ކުދިންތަކެއް --

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން އަށް ނިސްބަތްވާ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މެދުރާއްޖެތެރޭގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ. އަދި ކުއްޖާގެ ވަނަވަރު ރައްކާ ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހު ގއ. ކަނޑުހުޅުދޫގައި އުމުުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ މިފަދަ މައްސަލަތަ އަންނަނީ އިތުރުވެފައެވެ.

އެ މައްސަލައިގައި އެކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *