ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޮވިޑް19 އަށް ނެގެޓިވް

މަރުވި ބިދޭސީ މީހާ އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / އެމްވީ ކްރައިސިސް

މިއަދު މާލޭގެ ގެސްޓްހައުސް އެއްގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ ކޮވިޑް19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭނާ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ފުލުހުން ބުނީ ކާސިންޖީ މަގުގައި ހުރި އެ ގެސްޓުހައުސްގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ފުލުހުންނަށް ރިިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން އެމީހާއަކީ މ. ކޮޅުފުށިން މާލެ އައި މީހެއް ކަމަށާއި އަދި އިއްޔެ އެމީހާގެ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފުުހުން ބުންޏެވެ. އަދި މިއަދުވެސް އެމީހާ ޑޮކްޓަރަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ޑައިގްނޯޒް ކޮށްފައިވަނީ ޑެންގީއަށް ކަމަށެވެ.

އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރި ކަމަށާއި، އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.