ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ހުރިހާ ބިދޭސީން ރަނގަޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި ފުރަތަމަ 13 މީހުން އެއްކޮށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން ދަނީ ދެ މީހުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ މިފަހުން އެ ބައްޔަށް ޕޮޒިޓިވްވި ދެ ދިވެހިންނެވެ. އެ މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫ އައިލެންޑް ރިސޯޓްގައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނީ މިހާތަނަށް ޖުމްލަ 17 މީހަކަށެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދެ ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.