ކޮވިޑް19: މާލެ ސަރަހައްދުގައި ހިންގާ ޖިމްތައް ބަންދު ކުރަން އަންގައިފި

މާލޭގައި ހިންގާ ޖިމެއް: ފޮޓޯ / ސަން

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ ޖިމްތައް މިވަގުތަށް ބަންދުކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގަވައިފިއެވެ.

މައިމޫނާ ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ވަނީ މިރޭ 12:00 އިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކްލާސްތަކާއި، އެނޫންވެސް އެފަދަ ކްލާސްތަކާއި ގްރޫޕް ކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އަންގާ ކަމަށެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

މިފަދައިން އެންގުމެއް އަންގާފައިވާއިރު މިހާރުވެސް މާލޭގައި ގިނަ ޖިމްތަކެއް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންޓު އަދި ހޮޓާ ފަދަ ތަންތަން ވެސް ވަނީ ކޮވިޑް19 އާ ގުޅިގެން ބަންދު ކޮށްފައެވެ. އަދި ރިސޯޓުތަކަށް އެރުން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *