އުމުރުން ދުވަސްވީ ހާލުބޮޑު ބަލި މީހަކު އައްޑޫސިޓީ އިން ގެންނަނީ

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު/ ފޮޓޯ- އެމްއެންޑީއެފް

އައްޑޫސިޓީ ހިދަތޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދުމަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ހިދަތޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 81 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެ، އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރި ކަމާއެކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ހެލިކޮޕްޓަރު ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑް ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 20:00 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *