ކޮވިޑް19އިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދިނުމަށް ޑރ. ނިޔާފް ގޮވާލައިފި

ޑރ. އަބްދުﷲ ނިޔާފް-

ކޮވިޑް19އިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދެއްވުމަށް ޑރ. އަބްދުﷲ ނިޔާފް ގޮވާލައްވައިފިއެވެ.

ޑރ. ނިޔާފް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށް ދިރާގާއި އުރީދޫއިން ކުރި ޓްވީޓެއް ރިޓްވީޓް ކުރައްވަމުންނެވެ. ރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުތަކުގައި ފާހަގަކުރި އާތު އަވާ ފާހަގަކުރުމަށް ދިރާގާއި އުރީދޫއިން ވަނީ ރޭގެ 08:30 ގައި ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރުމަށް އެންމެންވެސް އަތްތިލަބަޑިޖެހުމަށް އެދިފައެވެ.

ދިރާގާއި އުރީދުން ކުރި މި ޓްވީޓް، ރިޓްވީޓް ކުރައްވަމުން ޑރ. ނިޔާފް ވަނީ ސިއްހީ ހިދުމަތްތެރިން ވަމުންދާ މިފަދަ ގުރުބާނީތައް މަދުކުރުމަށް އެހީތެރިވާން ބޭނުންވާނަމަ، ސިއްހީ އެހީތެރިންނަށް ބަލިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދެއްވުމަށް ގޮވާލައްވާ ކަމަށެވެ. ހަމައެހެންމެ ޑރ. ނިޔާފްވަނީ ހޭޝްޓެގް އެއްގައި އެންމެންވެސް ރަމްޒީ މަސައްކަތްތައް މަދުކޮށް، އަމަލީގޮތުން މިކަމަށްޓަކައި މަސައްކަތްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މާލޭގެ އިތުރުން، މާލެއިން ބޭރަށްވެސް ފިކުރުކުރުމަށް ޑރ. ނިޔާފުވަނީ އެދިލައްވާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ބާކީ ތިބި ދެ މީހުންނަކީ ދިވެހިންނެވެ. އެ މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.