ހުރަވަޅި އައިލެންޑް ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފި

ހުރަވަޅި ރިސޯޓު/ ފޮޓޮ- ގޫގުލް

ހުރަވަޅި އައިލެންޑް ރިސޯޓުން ދެ މީހަކު ކަރަންޓީން ކޮށްފައިވާތީ، އެ ރިސޯޓް މިހާރުވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ އެ ދެ މީހުންގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރިސޯޓަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިފައިވަނީ 17 މީހަކަށެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ދެ ތިބި ދެ މީހުންނަކީ ދިވެހިންނެވެ. މި 17 މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދެ ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *