ކަރަންޓީން ކުރާ އެންމެންވެސް ޓެސްޓު ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި ކަރަންޓިން ކުރެވިފައިވާ ހުރިހާ ފަރާތެއް ޓެސްޓު ކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ފާއިތުވެދިޔަ ތަޖުރިބާ އަށް ވެސް ބަލައި، އަދި ރާއްޖޭގައި ކޭސްތައް ވެސް ގިނަވަމުންދާތީ އާއި ޑަބްލިއުއެޗްއޯގެ ލަފަޔާއެކު މިހާރު ނިންމާފައިވަނީ ކަރަންޓީނުކުރާ އެންމެން ވެސް އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ދޫކޮށްލުމުގެ ކުރިން އެމީހުން ޓެސްޓުކުރާ ގޮތަށެވެ. ޑރ. އަލީ ލަތީފް ވިދާޅުވީ ކަރަންޓީނުކުރާ ހުރިހާ އެންމެން ވެސް، އެމީހުންގެ ކަރަންޓީނުގެ ދުވަސް ހަމަވުމަށްފަހު، ކަރަންޓީނު ފެސިލިޓީން ދޫކޮށްލާއިރުގައި ޓެސްޓު ހަދަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ގެންނަ ވަރަށް ބޮޑު ތަފާތެއް ކަމަށާއި މިކަން ކުރަން ނިންމީ މީހުން ޓެސްޓު ކުރެވޭ ވަރަށް ޓެސްޓު ކިޓުތައް ވެސް މިހާރު ހުރުމުން ކަމަށެވެ.

މީގެކުރިން އޮންނަ ގޮތުން ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން އެމީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަނަމަ އެމީހުން ކަރަންޓީނު ފެސިލިޓީއަކުން ދޫކޮށްލަނީއެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިފައިވަނީ 17 މީހަކަށެވެ. އޭގެތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. ދެ ތިބި ދެ މީހުންނަކީ ދިވެހިންނެވެ. މި 17 މީހުންގެ ތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދެ ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.