ގެސްޓު ހައުސްއަކުން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

ބިދޭސީ މީހާ އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / އެމްވީ ކްރައިސިސް

މާލޭގެ ގެސްޓު ހައުސް އަކުން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ކާސިންޖީ މަގުގައި ހުރި އެ ގެސްޓުހައުސްގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ފުލުހުންނަށް ރިިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލި ބެލުމުން އެމީހާއަކީ މ. ކޮޅުފުށިން މާލެ އައި މީހެއް ކަމަށާއި އަދި އިއްޔެ އެމީހާގެ ބަނޑަށް ތަދުވާތީ ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފުުހުން ބުންޏެވެ. އަދި މިއަދުވެސް އެމީހާ ޑޮކްޓަރަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު ގެސްޓްހައުސް އިން ނެރެގެން މިހާރު ވަނީ ގެންގޮސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.