އިނގިރޭސިވިލާތުން އައި އިތުރު ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެމީހާއަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށާއި އަދި އެމީހާ ކަރަންޓީން ކޮށްފައި ހުރީ ރޯޔަލް އައިލެންޑު ރިސޯޓުގައި ކަމަށެވެ. އަދި އޭނާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޏެވެ.

މިއީ ރާއްޖެއިން ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. އަދި ދެވަނަ ފަހަރަށް ވެސް މީހަކު ޕޮޒިޓިވްވެފައި މިވަނީ އިނގިރޭސިވިލާތުން އައި މީހެކެވެ. އެހެންކަމުން ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 17 އަށް އެރީއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 11 އަށް އެރިއިރު ފަރުވާ ދެމުން ދިޔަ މީހުންގެ އަދަދު ހަތަރަކަށް އެރީއެވެ.

އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *