ޔޫއޭއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއަކީ ދިވެއްސެއް ކަމަކަށް ނުބެލެވޭ: މަބްރޫކް

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް19 އަށް މި މަހުގެ 24ވަނަ ދުވަހު ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ބުނާ މީހާއަކީ ދިވެއްސެއް ކަމަކަށް ނުބެލެވޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެމީހާއަށް ކިޔާ ނަމަކީ އީސްޓަން ޔޫރަޕިއަންގެ ގައުމެއްގެ މީހަކަށް ކިޔާ ނަމެއް ކަމަށެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވްވި ދިވެހި މީހާ ކަމަށް ބުނާ މީހާގެ ނަން ދޭން އެދެމުން ޔޫއޭއީން ރާއްޖެއަށް ދީފައިވާ ނަމަކީ އީސްޓާން ޔޫރަޕް ގައުމެއްގެ މީހެއްގެ ނަން ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ، އެއީ މޯލްޑޯވާއަށް ނިސްބަތްވާ މީހެއް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އޮފިޝަލީ ލިބުނު މައުލޫމާތުގައި އެ ބޭފުޅުން ދަންނަވާ ނަމަކީ އީސްޓާން ޔޫރަޕިއަން ނަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ހީއަކީ ދިވެއްސެއް ނޫނޭ. އެހެން ގައުމެއްގެ މީހަކަށޭ އެ މީހާ ވާނީ. މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު ގައުމެއް،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 16 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސް އިން ޕޮޒިޓިވްވި ދެ މީހަކާއި އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ދިވެއްސަކާއި ރާއްޖޭގައި މަޑު ކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީގެ ދެ މީހެކެވެ.

އިއްޔެއާ ހަމައަށް މި ބަލި ޖެހިފައިވަނީ ހުސް ބިދޭސީންނަށެވެ. ނަމަވެސް އިއްޔެ މިވަނީ އަލަށް ދިވެއްސަކަށް މި ބަލި ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.