ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގަނީ

ތާޖް އެގްޒޯޓިކާ ރިސޯޓު/ ފޮޓޯ- ޓްރެވެލް ވީކްލީ

ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހާ މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި ކަމަށާއި. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުގައި ކަމަށެވެ.

އަލާމާތްތައް ފެނިގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާއިރު ކޮވިޑް19 ގެ އަލަމާތްތައް ފެނިގެން ރެސިޑެންސް މޯލްޑިވްސް ރިސޯޓުން ދެ ދިވެއްސެއްގެ ސާމްޕަލް ނަގާފައިވާއިރު، ފިލިތެޔޮ ރިސޯޓުން އެއް ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ވަނީ ނަގަފައެވެ. އަދި މިމީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓުތައް ވަނީ މޮނީޓަރިންގަށް ލެވިފައެވެ. 

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 16އަށް އަރާފައިވާއިރު މީގެކުރިން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އެ މީހުންނަކީ ހުސް ބިދޭސީންނެވެ. ނަމަވެސް ރާއްޖެއިން މިއަދު ވަނީ އަލަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ މީހެއްގެ ގައިން ކޮވިޑް19 ވަނީ ފެނިފައެވެ. އެހެންކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް އެރީ މި ތިން މީހުން ހިމަނައިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.