‎މެނޫ ހޯދަން ވަކިވަކި މެނޫ ހޯދުމުގެ ބަދަލުގައި ފުޑް.އެމްވީ!

ފުޑް.އެމްވީގެ ޕޯސްޓަރެއް --

ކޮވިޑް19 ވައިރަސް ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދުން މިވަނީ ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ނިންމާ އެކަން އާއްމުކޮށް އިއުލާންކޮށްފައެވެ. ނަމަވެސް އެތަންތަނުންވެސް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

ކާބޯތަކެތި ވިއްކާތަންތަން ބަންދުކުރުމާ ގުޅިގެން ގިނަ ރެސްޓޯރެންޓުތަކުން ދަނީ ފޭސްބުކް ގައި ޑެލިވަރީ އަދި ޓޭކްއަވޭ މެނޫތައް ޕޯސްޓްކުރަމުންނެވެ. އެހެންނަމަވެސް އެކި ޕޭޖްތަކުން މެނޫތައް ހޯދާ ހެދުން ވަނީ ވަރަށް ދަތި ކަމަކަށެވެ. އެހެންނަމަވެސް މިކަމަށް މިހާރު މުޅި ފޭސްބުކްގައި ހުރި ހުރިހާ މޭނުތަކެއް ވަކިވަކިން ބަލާކަށް ނުޖެހޭނެއެވެ. ފުޑް.އެމްވީ އަކީ ދިވެހިރާއްޖޭގެ ހުރިހާ ރެސްޓޯރެންޓެއްގެ މެނޫތައް އެއްތަނަކުން ބަލާލެވޭ ފަދައިން ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. މިވެބްސައިޓް ފަރުމާކޮށްފައިވަނީ ދިވެހި ވެބް ޑިވެލޮޕްމެންޓް ކުންފުއްޏެއް ކަމަށްވާ ޖަވާބުގެ މުވައްޒަފުންނެވެ. މިއީ އެއް ހަފްތާއެއްގެ ތެރޭގައި ޖަވާބުގެ މުވައްޒަފުން ކުރި މަސައްކަތެކެވެ.

މި ވެބްސައިޓުގައި ރާއްޖޭގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި އެ ތަންތަނުގެ ލޮކޭޝަން، ފައިސާ ދެއްކެން ހުރި ގޮތްތަކާއި ޑެލިވަރީ ޚިދުމަތް ލިބޭކަން ނުވަތަ ނޫންކަން، އަދި ތަންތަނުގެ ފޯނު ނަންބަރު ފަދަ މުހިންމު މަޢުލޫމާތުގެ އިތުރުން އެތަންތަނުގެ މެނޫ ތަކާއި ލިބެން ހުންނަ ބާވަތްތަކާއި އަގާއި ފޮޓޯ ފަދަ މުހިންމު އެތައް މަޢުލޫމާތު ފަސޭހައިން ފެންނަންހުރެއެވެ.

"މިވަގުތު ހުރިހާ ރެސްޓޯރެންޓަކުންވެސް ހިލޭ ލިސްކުރެވޭނޭ. ބޭނުންވަނީ ރެސްޓޯރެންޓުތަކަށް މިހާލަތާއި ގުޅިގެން ލިބޭ ގެއްލުން ކުޑަކުރުމަށް ގުޅިގެން މަސައްކަތް ކުރަން. ކަސްޓަމަރުންނަށް ވެބްސައިޓް ވެދުވެރިކޮށް ރެސްޓޯރެންޓްތަކަށް ގުޅާފައި އޯޑަރު ކުރެވޭނެ. އެއްވެސް ފީއެއް ނުވަތަ ކޮމިޝަނެއް ނުނަގާނަން". ޖަވާބު ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ.

މިވެބްސައިޓްގައި މިހާރުވެސް ޖުމްލަ 20 ކެޓަގަރީގެ 39 ރެސްޓޯރެންޓްއިން 3580 އައިޓަމް ލިސްޓުކުރެވިފައިވެއެވެ. އަދި އެހެން ރެސްޓޯރެންޓުތަކުން ލިސްޓު ކުރުމަށް ރެޖިސްޓްރޭޝަން ފޯމްއެއް ހުޅުވިފައިވެއެވެ.‎

Leave a Reply

Your email address will not be published. Required fields are marked *