ރެސިޑެންސް މޯލްޑިވްސް ރިސޯޓުން 2 ދިވެއްސެއްގެ ސާމްޕަލް ނަގަނީ

ރެސިޑެންސް މޯލްޑިވްސް / ފޮޓޯ- ގޫގުލް

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ރެސިޑެންސް މޯލްޑިވްސް ރިސޯޓުން 2 ދިވެއްސެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އަށް ޝައްކު ކުރެވިގެން އެ ދެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެރަށް މިހާރުވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ރެސިޑެންސް މޯލްޑިވްސް ރިސޯޓުން 2 ދިވެއްސެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ފިލިތެޔޮ ރިސޯޓުން އެއް ބިދޭސީއަކާއި ދިވެއްސެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިހާތަނަށް 853 ސާމްޕަލް ނެގުނުއިރު، އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. ނެގެޓިވްވެފައިވަނީ 800 ސާމްޕަލް އެވެ. އަދި ބާކީ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައެއް ނުވެއެވެ.

ވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 16އަށް އަރާފައިވާއިރު މީގެކުރިން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ މީހުންނަކީ ހުސް ބިދޭސީންނެވެ. ނަމަވެސް ރާއްޖެއިން މިއަދު ވަނީ އަލަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ މީހެއްގެ ގައިން ކޮވިޑް19 ވަނީ ފެނިފައެވެ. އެހެންކަމުން ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް އެރީ މި ތިން މީހުން ހިމަނައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *