ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ މީހެއްގެ ގައިން ކޮވިޑް19 ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއ- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެ މީހެއްގެ ގައިން ކޮވިޑް19 ފެނިއްޖެއެވެ.

އެ ދެ މީހުން ރާއްޖެއިން ފުރައިގެން ދިޔައީ ދެ ހަފްތާގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހުގައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެންދާ މީހުންގެ ތެރެއިން އެ ބަލި ޖެހިދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ މީހުންގެ ގައިން ސާޕަލް ނަގަމުންދާ ކަމަށެވެ. އެގޮތުން އިޓަލީއަށް ފުރި ދެ މީހެއްގެ ގައިން ނެގި ސާޕަލްތައް ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރުވާ މީހުންގެ ހައި ރިސްކު މީހުންގެ ވެސް ސާޕަލް ނަގަން. އަޅުގަނޑުމެންގެ ބޭނުމަށް ސާންޕަލް ނަގަން. އެގޮތުން ނެގި ސާޕަލްގެ ތެރެއިން ދެ މީހެއްގެ ސާޕަލް ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައި. އެ ދެ މީހުން ދަތުރު ކުރަމުންދަނީ އިޓަލީއަށް،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *