އައްޑޫސިޓީގެ މަގުތައް ޑިސްއިންފެކްޓް ކޮށްފި

އައްޑޫ ޑިސްއިންފެކްޓް ކުރަނީ/ ފޮޓޯ- އެމްއެންޑީއެފް

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ސަލާމަތީ ފިޔަވަޅު އެޅުމަށްޓަކައި، އައްޑޫސިޓީގެ މަގުތައްވެސް ޑިސްއިންފެކްޓް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް ބުނީ، އެމްއެންޑީއެފްގެ ސަދަން އޭރިއާ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މަގުތައް ޑިސް އިންފެކްޓު ކޮށްފައިވާއިރު ދާދިފަހުން މާލެއާ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް ވަނީ ޑިސްއިންފެކްޓު ކޮށްފައެވެ. މިކަމުގައިވެސް ހަރަކާތްތެރިވެފައި ވަނީ ސިފައިންނެވެ.

މަގުތައް ޑިސްއިންފެކްޓު ކުރުމުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ފިހާރަތައް އިރު އޮއްސި 18:00 އިން ފެށިގެން ބަންދު ކުރުމަށް އަންގާފައެވެ. އަދި އައްޑޫ ސިޓީ ގަމަށް ވެސް ރޭގަނޑު އެރުން މަނާކޮށްފައެވެ. ނަމަވެސް އައްޑޫ ސިޓީގެ ވިޔަފާރި ކުރާ ތަންތަން ވަކި ވަގުތެއްގައި ބަންދު ކުރަން އެންގުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ މާލެ ސަރަހައްދުގެ ވިޔަފާރި ކުރާ ތަންތަން ވަކި ވަގުތެއްގައި ބަންދު ކުރަން އެންގި ނަމަވެސް އެހެން ތަންތަން ވަކި ވަގުތެއްގައި ބަންދު ކުރަން އަންގާފައި ނުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *