ޗައިނާއިން ފޮނުވި މެޑިކަލް ޝިޕްމެންޓް ރާއްޖެ އައިސްފި

ޗައިނާއިން ރާއްޖެއަށް ފޮނުވީ އެހީ/ ފޮޓޯ- އެމްއެންޑީއެފް

ދުނިޔޭގައި ހަލުވިކަމާއެކޔ ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ޗައިނާ ސަރުކާރުން ރާއްޖެއަށް ފޮނުވި މެޑިކަލް ޝިޕްމެންޓް މިއަދު އައިސްފިއެވެ.

މިކަމާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް ވަނީމަ ކޮވިޑް19 އާއި ގުޅިގެން ޗައިނާ ސަރުކާރުން ރާއްޖެއަށް ފޮނުވި ފުރަތަމަ މެޑިކަލް ޝިޕްމެންޓް މިއަދު ލިބިފައިވާ ކަމަށް ކަށަވަރުކޮށް ދެއްވާފައެވެ. މި ޝިޕްމަންޓް ފޮނުވާފައި ވަނީ މާލެ އަށެވެ.

އަދި މި ބޭސްތައް ކްލިއާ ކުރުމުގައި އެމްއެންޑީއެފް އިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދީ ފައެވެ. ޗައިނާގެ ސަފީރު މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ޗައިނާގެ ފަރާތުން ތަކެތި ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސަފީރު ދާދި ފަހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން އެހީ ބޭނުންވި ވަގުތު ރާއްޖެއިން އެ އެހީ ޗައިނާއަށް ފޯރުކޮށްދީފައިވާ ކަމަށާއި އެހެން ކަމުން ދިވެހިންނަށް އެހީވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *