އަބަދު ލޮކްޑައުން ކޮށްގެން ނުބޭއްވޭނެ، ދަތުރު ކުރުމަށް އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެ އަބަދު ލޮކްޑައުން ކޮށްގެން ބޭއްވެން ނެތް ކަމަށާއި ދަތުރު ކުރުމަށް އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ އދ. ގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ސައުތު އޭޝިއާ އަދި ރާއްޖެ ތަމްސީލްކޮށް ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދުތަކަށް ހުރިހާ ގައުމަކުން ވެސް ބޯލަނބަންޖެހޭ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތައް ގުޅިގެން އަލުން ފަތުރުވެރިކަން ދިރުވާ އާލާ ކުރުމަށް ދަތުރު ކުރުމަށް އެންމެ ރައްކާތެރި މާދަމާއެއް ހޯދަންޖެހޭ ކަމަށެވެ.

ރޭ 12:00 އިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިތާމަވެރި ދުވަހެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެފަދަ ފިޔަވަޅުތައް އަޅަން ޖެހުނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެންޑަބްލިއުޓީއޯގެ ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާކަން ވެސް ކުރައްވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނުރައްކާތެރި އެ ވައިރަހުން އަރައިގަނެވެން އޮތީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *