ރާއްޖެއިން ކޮވިޑް19 ޖެހުނު އިތުރު މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ފެނުނު ކޮވިޑް19 ޖެހިފައިވާ އިތުރު މީހަކު ރަނގަޅުވެފައިވާކަން ޑޮކްޓަރުން އަނެއްކާ ވެސް މިރޭ އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އަލީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އައިޖީއެމްއެޗްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ ކޮވިޑް19 ގެ އިތުރު ބަލި މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ކޮވިޑް19 ޖެހިފައިވާ މީހަކު ރަނގަޅުވިކަމަށް ނިންމަނީ ބަލީގެ އަލާމާތްތައް މީހާގެ ކިބައިން ފިލައި، ދެ ޓެސްޓް ނެގެޓިވް ވުމުން އެވެ.

އެހެންކަމުން، ރާއްޖޭގައި ކޮވިޑް19 ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ އަދަދު މި ވަނީ ހަތަރަކަށް ވެއްޓިފައެވެ. ރާއްޖެއިން ޖުމްލަ ފެނުނީ 13 މީހެކެވެ. ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 9 އަކަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.