ޗާޓާ ކޮށްގެން ދިވެހިން ރާއްޖެ ގެނައުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފި

ސްރީލަންކަން އެއާ ލަިއންސް/ ފޮޓޯ- ފޯބްސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އަމިއްލަ ފަރާތްތަކުން ޗާޓާކޮށްގެން ފްލައިޓު އޮޕަރޭޓު ކުރުމަށް ހުށަހެޅި ހުއްދަ ދިނުން ޓްރާންސްޕޯޓު މިނިސްޓްރީން މެދުކަނޑާލައިފިއެވެ.

މިދިޔަ ހަފްތާގައި ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް، އިނަ މޯލްޑިވްސް އިން ވަނީ އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ސްރީލަންކާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެގޮތަށް މީހުން ގެންނަން ފްލައިޓުތައް ޗާޓާކުރަން ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށާއި އެގޮތަށް ނިންމީ ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖެ އަނބުރާ އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ބޭރުގައި ތިބި ދިވެހީން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.