އަލާމާތްތައް ހުރި މީހަކު ޓެސްޓު ކުރާތީ ކޮއްދިއްޕަރު ބަންދުކޮށްފި

ކޮއްދިއްޕަރު ރިސޯޓު --

ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ގްރޭންޑް ޕާރކް ކޮއްދިއްޕަރު މޯލްޑިވްސް އިން ފެނިފައިވުމުން އެ ރިސޯޓުން ބަންދުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނީޓަރިން އަށް ލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮއްދިއްޕަރާއި އެކު މިހާރު މޮނީޓަރިންގެ ހާލަތުގައި ވަނީ ސިނަމަން ހަކުރާ ހުރާއެވެ. އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔަ މިއީ ދެވަނަ ފަހަރެވެ. އެޗްޕީއޭއިން ބުނީ ހަކުރާ ހުރާއިން ޝައްކު ކުރެވުނު މީހާ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މުޅި ރާއްޖެއިން ވެސް ކޮވިޑް19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 8 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.