ކޮވިޑް19: ރޭގަނޑު ގަަމަށް އެރުން މަނާވެއްޖެ

އައްޑޫސިޓީ ގަން އެއާޕޯޓު --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިތީގެ ގަމަށް އެރުން މަނާވެއްޖެއެވެ.

އައްޑޫ އެއާޕޯޓުން މިއަދު ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން އާންމުކޮށް ގަމަށް އަރާ ފޭބޭނެ ގަޑިއަކީ ހެނދުނު 6:00 އިން ރޭގަނޑު 6:00 އަށް ކަމަށެވެ. އަދި ރޭގަނޑު ފުރުމަށް ފްލައިޓު ޝެޑިއުލް ކުރެވިފައިވާނަމަ ޗެކިން ފެށުމުގެ 30 މިނެޓް ކުރިން ހުޅުވުމަށްފަހު ފްލައިޓް ފުރާތާ 30 މިނެޓް ފަހުން ބަންދުކުރެވޭނެ ކަމަށްވެސް އެއާޕޯޓުން ބުނެއެވެ.

ކޮވިޑް19 އާ ގުޅިގެން ގަމަށް ރޭގަނޑު އެރުން މަނާ ކުރިއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން އައްޑޫސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސުމާއި ހަމައަށް ކަމަށް ބުނެފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށް ހިދްމަތް ދޭވޭނެހެން ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި މިކަމަށް އަމަލު ކުރަން ފަށާނީ މިއަދު ހަވީރު 18:00 އިން ފެށިގެން ވަކި ގޮތެއް އަނގަންދެން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ ފިހާރަ ތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، ސިއްހީ ހިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަ ތަކުގެ ހިދްމަތްދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މާލެސިޓީން ވެސް ވަނީ ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަން ބަންދު ކުރުމަށް ނިންމާ އެކަން އާއްމުކޮށް އަންގާފައެވެ. އަދި އެންގުމާއި ހިލާފަށް ހިދުމަތް ދިން ފަސް ތަނެއް ވަނީ ދާދިފަހުން ޖޫރިމަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *