ކޮވިޑް19: ބަންދުކޮށް ބޭއްވުމަށްފަހު ރީތި ބީޗު ރިސޯޓު ހުޅުވާލައިފި

ރީތި ބީޗު ރިސޯޓު --

ބ. ފޮނިމަގޫދޫގައި ހިންގާ، ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު މިހާރު އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި މީގެކުރިން އޮތް ރީތި ބީޗު އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެ ރިސޯޓު ބަންދު ކުރީ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކާއި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެންނެވެ.

މީގެކުރިން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ޝައްކުވެގެން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

ރާއްޖޭގައި މުޅި ޖުމްލަ 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެބަލިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އެމީހުން އަދި ތިބީ މޮނީޓަރިންގެ ހާލަތުގައެވެ. ސަރުކާރުން ބުނެފައިވަނީ އެމީހުން ދޫކޮށްލާނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވާ ނަމަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.