އަންނަ ހަފްތާގައި ބޭންކުތަކުން ހިދުމަތްދޭނީ ދެ ދުވަހު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިމާރާތް/ ފޮޓޯ- ގެޑޯ ކޮންސަލްޓިންގް

ކޮވިޑް19 އާއި ގުޅިގެން އަންނަ ހަފްތާގައި ސަރުކާރު ބަންދުވި ނަމަވެސް މަރުކަޒީ ބޭންކާއި ބޭންކުތަކުން ދެ ދުވަހެއްގައި ހިދުމަށް ދޭނެއެވެ.

މިކަމާއި ގުޅިގެން އެމްއެމްއޭ އިން ބުނީ، މި މަހުގެ 30 ވަނަ ދުވަހާއި، އަދި 2 އޭޕްރިލްގައި ބޭންކުގެ ހިދުމަތްތަށް ލިބޭނެ ކަމަށެވެ.

އަދި އެ ދުވަސްތަކުގައި އެމްއެމްއޭ އިން އާންމުނަށް ހިދުމަތް ދޭނެ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ވަނީ ބަދަލުވެފައެވެ. އެގޮތުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދެމުންދާނީ ހެނދުނު 09:30 އިން 11:30 އަށް ކަމަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ހެނދުނު 09:30 އިން 11:00 އަށް ދެމުންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ inward.docs@mma.gov.mv މެއިލް މެދުވެރިކޮށް ކަމަށެވެ.

Leave a Reply

Your email address will not be published.