އައްޑޫގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނީ އިރުއޮއްސުމާއި ހަމައަށް

އައްޑުސިޓި ހަންކެޑެ ބްރިޖް ސަރަހައްދު/ ފޮޓޯ- ހޮޓެލިއާ މޯލްޑިވްސް

މިއަދުން ފެށިގެން އައްޑޫސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސުމާއި ހަމައަށް ކަމަށް އައްޑޫސިޓީ ކައުންސިކުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ބުނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން، ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށް ހިދްމަތް ދޭވޭނެހެން ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި މިކަމަށް އަމަލު ކުރަން ފަށާނީ މިއަދު ހަވީރު 18:00 އިން ފެށިގެން ވަކި ގޮތެއް އަނގަންދެން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ ފިހާރަ ތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފަ ހުންނަ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް، ސިއްހީ ހިދުމަތްދޭ ކްލިނިކް ތަކާއި ބޭސްފިހާރަ ތަކުގެ ހިދްމަތްދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދޭން ބޭނުންވާ ނަމަ އަވަށު އޮފީހުން އެކަމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށާއި، ހުއްދަ ހޯދުމަށް ފަހު ހަވީރު 18:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އޭގެ އިތުރުން ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ފަހު ކަމަށާއި، ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ގާޑިޔާތަކުގައި ދެވޭ ހިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަ ދެވިފައިވާ ތަކެތި ވިއްކުން ކަމަށާއި، އަދި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ހިދުމަތް ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އަދި 24 ގަޑިއިރު ހިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ހިދުމަތް ދޭން ބޭނުންވާ ނަމަ އެކަމަށްވެސް އަވަށު އޮފީހުން ހާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މި އެންގުމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.

1 thought on “އައްޑޫގެ ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދެވޭނީ އިރުއޮއްސުމާއި ހަމައަށް

  1. ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެކަމަށް ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟

Leave a Reply

Your email address will not be published.