61 ކިލޯގެ މަސްތުވާ ތަކެއްޗާއެކު 11 މީހަކު ހައްޔަރު ކޮށްފި

72 މިލިއަން ރުފިޔާގެ މަސްތުވާތެކެތި އަތުލައިގަތުން/ ފޮޓޯ- ޓުވީޓާ

ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 11 ދިވެއްސަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުމޫލަތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި 61.06 ކިލޯ ގެ ހެރޮއިން އަތުލައިގެންފައި ވާއިރު، 11 ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، އަތުލައިގަނެވުނު މަސްތުވާ ތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނަކީ 9 ދުވަހަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އަދި މި އޮޕަރޭޝަނުގައި 7 މީހަކު މަސް ބޯޓަކުން ހައްޔަރުކޮށް ފައިވާއިރު، 4 މީހުން ހައްޔަރު ކޮށްފައިވަނީ މާލެ އާއި ހުޅުމާލެއިން ނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *