ކޮވިޑް19: ސިނަމަން ހަކުރާ ހުރާއިން މީހަކު ޓެސްޓު ކުރަނީ، އަނެއްކާވެސް ބަންދުކޮށްފި

ސިނަމަން ހަކުރާ ހުރާ / ފޮޓޯ- ގޫގުލް

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ފެނިގެން ސިނަމަން ހަކުރާ ހުރާއިން އަނެއްކާވެސް މީހެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 ގެ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުންދާ ކަމަށެވެ.

އަދި އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައި ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ހަކުރާ ހުރާއިން މީގެ ކުރިންވެސް ކޮވިޑް19 ގެ އަށް ޝައްކު ކުރެވިގެން މީހުން ޓެސްޓު ކޮށްފައި ވެއެވެ. އެގޮތުން ރިސޯޓުން ވަނީ ދެ މީހެއްގެ ސާމްޕލަ ނަގާފައެވެ. އަދި މިއާއި ގުޅިގެން ކަސްޓަމްސްގެ 17 މުވައްޒަފަކާއި އެމްއޭސީއެލްގެ 41 މުވައްޒަފަކާއި އިމިގްރޭޝަންގެ އެކަކާއި ޓީއެމްއޭގެ ތިން މުވައްޒަފަކު އެކަހެރި ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *