ރިސޯޓުން ފޭބުމުގެ ހުއްދަ ނުދިނުމުން ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި

އަދާރަން ޕްރިސްޓީޖު ވާދޫ --

ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން، ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރުދިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ހިނގި އެ ހާދިސާ ހިނގާފައިވަނީ އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގައި ކަމަށެވެ. އެކަމާ ގުޅިގެން ހައްޔަރު ކުރީ އެ ރިސޯޓުގެ އުމުރުން 40 އަހަރުގެ މުވައްޒަފަކު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ރިސޯޓުން ފައިބަން އުޅުނީ ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ ކަމަށެވެ. ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރު އެ މީހާ ދިނީ، ރިސޯޓުތަކުން ފޭބުން މަނާކޮށްފައިވާތީ އޭނާއަށް ފައިބަން ހުއްދަ ނުދީ، އެޗްޕީއޭއާ ގުޅައިގެން އެކަން ކުރިއަށްގެންދަން ރިސޯޓުގެ މެނޭޖްމަންޓުން މަސައްކަތް ކުރުމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް 15 ދުވަސް ޖަހަން މާފުށީ މެޖިސްޓްރޭޓު ކޯޓުން ވަނީ ނިންމައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *