ކޮވިޑް19 ޝައްކުވެގެން ބަތަލާ ރިސޯޓުން ޓެސްޓު ކުރި މީހާގެ ނަތީޖާ ނެގެޓިވް

ބަތަލާ ރިސޯޓު/ ފޮޓޯ- މައިސައިޓް

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހަކު ސޭންޑީޒް ބަތަލާ ރިސޯޓުން ޓެސްޓު ކުރުމުން އެމީހާ އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ ކޮވިޑް19 އަށް ޓެސްޓު ކުރުމުން ނަތީޖާ ނެގެޓިވްވުމުން ރިސޯޓު މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މުޅި ރާއްޖެއިން ވެސް މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. ނަމަވެސް އޭގެތެރެއިން 8 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވަނީ ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެެ. މީގެއިތުރުން ކުރިޔަށް އޮތް ހަފްތާވެސް ސަރުކާރު ބަންދުކޮށް ސްކޫލު ކޮލެޖު އަދި ޔުނިވާސިޓީޓައް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *