ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް/ ފޮޓޯ- ރައީސް އޮފީސް

ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދް ސޯލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ވޯލްޑް ބޭނުންކުން ކޮވިޑް19ގެ ފަންޑަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި، މި ހާލަތުގައު ރާއްޖެއަށް އެހީވުމަށް ބޭރުގެ މާލީ އިދާރާ ތަކުންވެސް ވަރަށް ބޮޑު އެއްބާރުލުން ދެއްވާ ކަމަށެވެ.

" ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު މިހާރުވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި. މީގެ އިތުރުން އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މި އަންނަނީ މަޝްވަރާ ކުރަމުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށެވެ. އަދި އެބޭފުޅުން ފައިސާ ދެންޔާ މުވައްޒަފުން މަދުކުރުމާއި، މުސާރަ ކުޑަކުރުން ފަދަ ޝަރުތުތައް ހިމެނޭ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިސާދަށްވެސް ވަނީ ލޮޅުންތަކެއް އަރާފައެވެ. އެކަން ފޫބެއްދުމަށް ސަރުކާރުން ދަނީ ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދަމުން ނެވެ. ކޮވިޑް19 ގެ ސަބަބުން ހީނަރުވެފައިވަ ވިޔަފާރިތަކަށް އެހީވުމަސް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއްވެއް ތައާރަފް ކުރަން ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.