ރާއްޖެއިން ކޮވިޑް19 އަށް އިތުރު 3 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 3 މީހަކު އެ ބަލިން ރަނގަޅުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާން ކޮށްދީ މައުލޫމާތުތައް ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެއްޖެ ކަމަށެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 8 މީހަކު ބަލިން މުޅި ރަނގަޅުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑް19 އިން ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ 5 މީހަކަމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން 8 މީހަކު މި ބަލިން ރަނގަޅުވި ކަމުގައި ވިޔަސް، އެއްވެސް ފަރާތަކުން ފަރުވާ ކުޑަނުކޮށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިވްވެފައިވާ 13 މީހުންނަކީވެސް ބޭރުމީހުން ކަމަށެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން، ކުރަމަތި މޯލްޑިވްސްއިން 2 މީހުން، ސަފާރީއަކުން 2 މީހުން، އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.