ފްރިންސް ޗާލްސް ކޮވިޑް19 އަށް ޕޮސިޓިވް ވެއްޖެ

ޕްރިންސް ޗާލްސްއާއި ކުއީން އެލިޒެބަތް/ ފޮޓޯ- ދަ އިކޮނޮމިކް ޓައިމްސް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފްރިންސް ޗާލްސް ޕޮސިޓިވް ވެއްޖެއެވެ.

ކްލެރެންސް ހައުސް އިން ބުނިގޮތުގައި ޗާލްސް ފިލިޕް، ޕްރިންސް އޮފް ވޭލްސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ކަމަށާއި، މިހާރު ހުންނެވީ ހޯމް އައިސޮލޭޝަނުގައި ކަމަށެވެ.

ކްލެރެންސް ހައުސް އިން ބުނީ، ޕްރިންސް ޗާލްސް ގެ ފަރާތުން ކޮރޯނާ ވައިރަސް ގެ ކުދިކުދި އަލާމާތްތައް ފެންނަން ހުރި ކަމުގައި ވީނަމަވެސް ޕްރިންސް ޗާލްސް ގެ ސިއްހަތު ރަނގަޅު ކަމަށެވެ.

މިކަމާއި ގުޅިގެން ފްރިންސް ޗާލްސްގެ ތަރުޖަމާން ވިދާޅުވީ، ހަމައެކަނި މިދިޔަ ހަފްތާ ތެރޭވެސް ޕްރިންސް ޗާލްސް ވަނީ ރައްޔިތުންނާވެސް ބައްދަލު ކުރައްވައި، އެކި މުހިއްމު ކަންކަމުގައި ބައިވެރިވެފައި ކަމަށެވެ. އެހެންކަމުން މިކަމުންވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށެވެ.

ޝަހީ އާއިލާގެ ތެރެއިން ޕްރިންސް ޗާލްސް އަކީ ކޮވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ ބޭފުޅާއެވެ. އަދި ކޮވިޑް19 އަށް ޕްރިންސް ޗާލްސް ޕޮޒިޓިވް ވެފައިވާއިރު، އެމަނިކުފާނުގެ އުމުރުފުޅަކީ 71 އަހަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.