ވެރިކަން ކުރާ ފަރާތުން އެކަނި މަސައްކަތް ކޮށްގެން ގައުމުގެ ހަމަޖެހުން ހާސިލް ނުވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ވެރިކަން ކުރާ ފަރާތުން އެކަނި މަސައްކަތް ކޮށްގެން ގައުމުގެ ހަމަޖެހުން ހާސިލް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޝަހީދުންގެ ދުވަހު ދެއްވި ހިތާބުގެ މެސެޖުގައި ބުނެފައިވަނީ، ކިތަންމެ މަދު ބައެއް ތިބި ކަމުގައިވީ ނަމަވެސް ގައުމަށް ހިދުމަތް ކުރުންމަތީ ދެމި ހުރުމާއި ތިމާއާއި ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތުގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭކަމަށެވެ.

ޝަހީދުންގެ ދުވަހަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި، އަމަންކަމާއި، ރައްޔިތުންގެ މަސްލަހަތު ހަމައެކަނި ވެރިކަން ކުރާ ފަރާތުން ކުރާ މަސައްކަތަކުން ނުހިފެެއްޓޭނެކަން ހަނދާންކޮށްދޭ ދުވަހެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިން ވާންވީ ޝަހީދު އަލި ރަސްގެފާނު ފަދައިން ދިވެހިންގެ ސަލާމަތަށްޓަކާ އަދާކުރަން ޖެހޭ ޒިންމާ އަދާކުރާނެ ބަޔަކަށް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި އާއްމުންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް ބޯ ލެނބުމުގައި ފަރުދީ ޒިންމާ އަދާކުރަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.