މަނަފަރު ރިސޯޓުން އަލާމާތްތަކެއް ފެނުނު ދިވެއްސަކު ޓެސްޓު ކުރަނީ

މަނަފަރު ރިސޯޓު --

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޖޭ.އޭ މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށައި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ އަށް ފަރާތެއް ހުރި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *