ވެށިފަހި ޕްރޮގްރާމްގަ ބައިވެރިވި މީހުންގެ ލިޔުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ވެށިފަހި ޕްރޮގްރާމްގަ ބައިވެރިވި މީހުންގެ ތެރެއިން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު ހައުސިންގް މިނިސްޓްރީން އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ، މި ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުންނާއި އަދި މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައި ނުވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު މީހުންގެ ލިޔެކިޔުންތައް ހުށަހަޅަން މިނިސްޓްރީން އެންގި މުއްދަތު ހަމަވެފައި ވަނީ ސަރުކާރު ބަންދު ކުރި މުއްދަތުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން އެ މުއްދަތު ދެން ސަރުކާރު ހުޅުވޭ ތާރީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

މިއީ 2008ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހުޅުވަލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިން ނާއި، ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުނަށެވެ.

އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރު ވެގެން ދިޔައިރު އަދިވެސް ފްލެޓް ނުލިބޭ ފަރާތްތައް އެބަ އުޅެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އިތުރުން މި ސަރުކާރުގެ ވައުދެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.