އޮންލައިން ކޮށް ފުލުހަށް މައްސަލަ ހުށަހަޅަން އެދިއްޖެ

ފުލުހެއް އިންވެސްޓިގޭޓް ކުރުމުގައި/ ފޮޓޯ- ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން ފުލުހަށްވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅުމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ފުލުހުން ބުނީ މިޕޯޓަލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމް ޕްރޮސެސް ކުރެވުމުން، ދެއްވާފައިވާ މޯބައިލް ނަންބަރަށް އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޮންލައިންކޮށް މައްސަލަ ހުށަހަޅާ އިރު ގުޅޭނެ ރަނގަޅު މޯބައިލް ފޯނު ނަންބަރާއި، އީމެއިލް އަދި އެޑްރެސްގެ މައުލޫމާތު ފޯރުކޮށް ދެއްވުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

އަދި ހުށަހަޅުއްވާ މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ނަމަ، އިންވެސްޓިގޭޓިން އޮފިސަރެއް ގުޅުއްވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޕޯޓަލަކީ އިމަޖެންސީ ނޫން ހާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ބޭނުން ކުރެވޭނޭ ޕޯޓަލެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، ހުށަހަޅުއްވާ މައްސަލައަށް ވަގުތުން ވަގުތަށް ޖަވާބެއް ލިބިވަޑައި ނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް  އިމަޖެންސީ ހާލަތެއްނަމަ، 119 އަށް ގުޅުއްވުއި މައްސަލަ ހުށަހެޅުމަށް ފުލުހުންވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.