ސައުތް އެފްރިކާވެސް 21 ދުވަހަށް ލޮކްޑައުން ކޮށްފި

ސައުތް އެފްރިކާގައި ކޮރޯނާ ވައިރަސް ފެތުރިފައި/ ފޮޓޯ- ގޫގުލް

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ސައުތް އެފްރިކާވެސް 21 ދުވަހަށް ލޮކްޑައުން ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކޮށްފައިވަނީ އެ ގައުމުގެ ރައީސް ސިރިލް ރަމަފޯސާ މިކަމަށް ދެއްވި ހާއްސަ ބަސްދީ ގަތުމެއްގައެވެ. އެގޮތުން ލޮކްޑައުން ކުރަން ނިންމާފައިވަނީ އަންނަ ބުރާސްފަތު ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން 21 ދުވަހުގެ ނިޔަލަށް ކަމަށް ސިރިލް ރަމަފޯސާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެ ގައުމުގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވީ މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމަށް މިއީ ކޮންމެހެންވެސް އަޅަން މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ލޮކްޑައުން ކުރިޔަސް ސިއްހީ ހިދުމަތް ހޯދުމަށާއި ކާތެތި ގަނެ އަދި ބައެއް ކަހަލަ ހިދުމަތް ހޯދަން ބޭރަށް ނުކުމެވޭނެ ކަމަށް ރައީސް ސިރިލް ވިދާޅުވިއެވެ. އޭގެ އިތުރުން ފާމަސީތަކާއި، ލެބޯޓަރީ އަދި ސިއްހީ ހިދުމަތް ދޭ ތަންތަން ހުންނާނީ ހުޅުވައިފައެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ސައުތް އެފްރިކާއިން މިހާތަނަށް 554 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވެއެވެ. ދެކުނު އެފްރިކާގައި ކޮރޯނާ ޖެހިފައިވާ 62 މީހުން މިދިޔަ ހަފްތާގައި ތިބިނަމަވެސް އިއްޔެއާ ހަމައަށް އެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *