ވިޔަފާރިތަކަށް ލިބުނު ގެއްލުން ތަކަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވު،ުގެ ތެރެއިން/ ފޮޓޯ:-ޕީޕީއެމް

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނެދެވޭ އަސަރުތައް ދެނެގަނެ ވިޔަފާރިތަކަށް އެހީވުމުގެ އަވަސް ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ސަރުކާރަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފައިވީ ނަމަވެސް، ކަންކަން ރަނގަޅު ކުރުމުގައި އިހްލާސްތެރި މަސައްކަތް ތައް ކުރަމުން ދާތަން ނުފެންނާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެގެން ދާނެ ކަމެއްކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

ދާދި ފަހުން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަން ވިޔަފާރިތަކަށް ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އެފައިސާއާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަ ކުރައްވާފައި ނުވުމަކީ އޭގައި އެތައް ސުވާލެއް އުފެދިގެންދާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ 2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއް ކަން ނުވަތަ ނޫން ކަންވެސް ސާފެއް ނުވާ ކަމަށާއި، އެ ފައިސާ ދައުލަތުން ހޯދުމުގައި އަމަލުކުރަނީ ކިހިނެއް ކަމެއް ހާމަ ކޮށްފައި ނުވާ ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެ ކޯލިޝަނުން ބުނީ މި ކަންކަން ދިވެހި ރައްޔިތުންނަށް ސާފުކޮށް ދެއްވައި އެކަމުގެ އަމަލީ ފިޔަވަޅުތައް އަވަސް ކުރުވައި، އަދި މިކަމަށް އަވަސް ފިޔަވަޅު ތަކެއް ސަރުކާރުން ނާޅައި ފިނަމަ، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ކުރިމަތިވެގެން ދާނެކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.