ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިން، ދެން ވާންވީ ގޮތެއް ނޭނގި ތާށިވެފައި!

ނޭޕާލްގެ ކަތްމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓޮ/ ފޮޓޯ-ޓުޑޭއި

ނޭޕާލުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމި ކުދިންތަކަށް ރާއްޖެ ނާދެވި ނޭޕާލުގައި ތާށިވެއްޖެއެވެ. މި ކުދިން ނޭޕާލުގައި ތާށިވެފައި ވަނީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް19 ވައިރަހާއި ގުޅިގެން އެގައުމުގެ ސަރުކާރުން މުޅި ނޭޕާލް ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.

ސަރުކާރުގެ ހަރަދުގައި މި ކުދިން ގެނައުމަށް ޓިކެޓުވެސް ނެގިއެވެ. ޓިކެޓު ނަގާފައި ވަނީ އިއްތިހާދު އެއާވޭސް އިންނެވެ. ނަމަވެސް އެ ކުދިން ފުރަން ޓިކެޓު ނަގާފައިވާ ތާރީހުގެ ކުރިން ނޭޕާލް ލޮކްޑައުން ކުރުމުން މިވަގުތު އެކުދިން ތިބީ ހަދާނެ ގޮތެއް ނޭނގިފައެވެ. ނޭޕާލުގައި މިހާރު ތާށިވެފައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 17އެވެ. މި ކުދިންނާއި އެކު ސަރުކާރުން ރާއްޖެ ގެނައުމަށް ނިންމި އިތުރު ދެ ގްރޫޕެއް މިހާރު ވަނީ ރާއްޖެއަށް ގޮސްފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 36 ކުއްޖަކު ރާއްޖެ ގޮސްފައިވާއިރު ދެވަނަ ބުރުގައި 45 ކުއްޖަކު ވަނީ ރާއްޖެ ގޮސްފައެވެ.

"ހަތާވީސް އޮންލައިން" އާ ވާހަކަދަކަމުން ނޭޕާލުގައި މެޑިސިން ކިޔަވަމުން ދަރިވަރަކު ނަން ހާމަނުކޮށް ބުނީ މިވަގުތު ދިވެހި ރާއްޖެ އައުމަށް ސަރުކާރުން ޓިކެޓު ނަގައިދިން ހުރިހާ ކުދިން ވެސް ތިބީ އެއާޕޯޓާއި ވަރަށް ކައިރީގައި ހުރި ގެސްޓު ހައުސްއެއްގައި ކަމަށެވެ. އެތަނުގައި މިވަގުތު ތިބީ 14 ކުދިން ކަމަށާއި ބާކީ ތިބި ތިން ކުދިން ތިބީ އެތަނާއި ތަންކޮޅެއް ދުރުގައި ކަމަށެވެ. އަދި އެ ތިން ކުދިންނަށް ވެސް މިވަގުތު އެމީހުން ތިބި ތަނަށް އާދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ 14 ދިވެހިން ތިބި ތަނުގައި ކެއުން ބުއިމަށް ހުރީ ކިހާވަރެއްގެ ސްޓޮކެއް ކަމެއް ވެސް ނޭނގޭ ކަމަށާއި ނަމަވެސް އެ ހުރިހާ ކުދިން ތިބި ގެސްޓު ހައުސްގައި ތިބީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ.

"އެމީހުން ބުނީ އަޅުގަނޑުމެން ގާތުގައި އެމީހުން ކާ ގަޑިތަކުގައި އަޅުގަނޑުމެންނަށް ވެސް ކާން ލިބޭނޭ، އެކަމަކު އެތަކެތި ހުސްވާނީ ސީދާ ކޮން އިރަކު ކަމެއް އެމީހުންނަށް ވެސް ބުނެދޭކަށް ނޭނގޭ ކަމަށް،" މެޑިސިން ކިޔަވާ ދަރިވަރު ބުންޏެވެ.

އެ ދަރިވަރު ބުނީ އެއާޕޯޓާއި ކައިރި ތަނެއްގައި ވެސް ތިބީ ކުއްލިއަކަށް ފުރަން ޖެހުނު ނަމަވެސް އަވަހަށް ދެވޭނެ ކަމަށް ބަލާފައި ކަމަށެވެ. އޭނާ ބުނީ އެންމެން އެކީގައި ތިބީ ވެސް އެފަދަ ހާލަތެއްގައި ވެސް އަވަހަށް އެއާޕޯޓަށް ދެވޭނެ ކަމަށް ލަފަ ކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއް ކުއްޖަކަށް މީގެ އިރުކޮޅެއް ކުރިން ސަރުކާރުގެ ބޭފުޅަކު ގުޅި ދެން ސީދާ ނޭނގެ ކޮން ބޭފުޅެއް ކަމެއް ގުޅީއެއް. އެކަމަކު މިއަދު ވެސް އަޅުގަނޑުވެސް ހަމަ ވަރަށް ގިނައިން މެސެޖް ކުރިން އަޅުގަނޑުމެން ސަރުކާރުގެ ބޭފުޅުންނާއި އެކަމަކު އެއްވެސް ބޭފުޅަކު ހަބަރެއް ނުވޭ، ދެން ނޭނގެ ކީއްވެގެން ކަމެއް ވެދާނެ ބިޒީވީމަ ކަމަށް،" އޭނާ ބުންޏެވެ ބުންޏެވެ.

މެޑިސިން ކިޔަވާ ދިވެހި ބުނީ ދިވެހި ކިޔަވާ ކުދިންތައް ވެގެން ނޭޕާލު ސަރުކާރުގެ އިސް ބޭފުޅަކާއި ގުޅައިގެން ވެސް ރާއްޖެއަށް ދެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލާފައިވާ ކަމަށެވެ.

"އެކަމަކު އެބޭފުޅުން ވެސް މި ވިދާޅުވަނީ ނެތޭ އެބޭފުޅުންނަށް މިކަމުގައި ކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް، ދިވެހި ސަރުކާރުން އަޅުގަނޑުމެންގެ ސަރުކާރުން އެކަމުގައި ނޭޕާލް ސަރުކާރަށް ގޮތެއް ނާންގަނީހެއް. ދެން އަޅުގަނޑުމެން މި ތިބީ ގައުމަށް ދާން. މިތަނުގައި އަޅުގަނޑުމެން ތިބެންޏާ އައިތިންކް އިތުރަށް ގޯސްކަން ނޭނގެ ވާނީ އެއީ ކޮވިޑްގެ މި ކަންތައްތަކާއި ވެސް ހުރެމެ،" އޭނާ ބުންޏެވެ.

މިކަންތައް ދިމާވި ގޮތް ސާފު ކޮށްދެމުން އޭނާ ބުނީ އިއްތިހާދު އެއާވޭސް އިން ރާއްޖެ ދިއުމަށް ސަރުކާރުން ޓިކެޓު ނަގާފައި އޮތް އިރުވެސް އެ އެއާލައިނުން ކުރާ ދަތުރުތައް މި މަހުގެ 25ވަނަ ދުވަހު ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެހެން އޮއްވާ މުޅި ނޭޕާލް ލޮކްޑައުން އަކަށް ގެނައީ ކަމަށާއި ރާއްޖެއަށް ނުދެވިފައި ވަނީ އެކަމުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.

"އަސްލު އަޅުގަނޑުމެން މި ތިބީ ވަރަށް އުފަލުން ގަވަރުމަންޓުން އަޅުގަނޑުމެންނަށް އެފަދަ އޮޕަޗިއުނިޓީ އެއް ދިނީމަ. އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބޭނުން ގައުމަށް ގޮސް އަޅުގަނޑުމެންގެ އެހީތެރިކަން ގައުމަށް ދޭން. އެކަމަކު މިހާރު ދިމާވެފައި މިހުރީ ވަރަށް އެހެން ކަހަލަ ހާލަތެއް. ދެން ވާންވީ ގޮތެއްވެސް ނޭނގިފައި ކަހަލަ ގޮތެއް މިހާރު ވެފައި މިއޮތީ. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޝަކުވާ ކުރަނީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ހޯމް އަށް އެނބުރި ދާން. މިހާލަތުގައި މިގައުމު [ނޭޕާލު] ވެސް އޮއްވާ. އަޅުގަނޑު ވާހަކަ މި ދައްކަނީ ހަމަ މިތާ މި ތިބަ 14 ކުދިންގެ ފަރާތުން. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް، ވީ ނީޑް ހެލްޕް،" އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު "ހަތާވީސް އޮންލައިން" އަށް ވިދާޅުވި އެ ދަރިވަރުން ރާއްޖެ ގެންނަން ސަރުކާރުން ޓިކެޓް ނެގީ އިއްތިހާދު އެއާލައިނުން ކަމަށާއި ނަަމަވެސް އެ އެއާލައިނުން ނޭޕާލަން އުދުހުން ހުއްޓާލާފައިވާ ކަމަށެވެ. ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ވެސް އެ ދަރިވަރުން ދަރިވަރުން އެނބުރި ރާއްޖެ ގެނެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވެސް ވިދާޅުވީ އެކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި އެއްވެސް ދިވެއްސަކު ހާލުގައި ޖެހުނަ ސަރުކާރުން ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Sarukaarun mikudhin rajje genes dhevva mikudhinna eheetherikameh dhehvaa
    Be safe doctrs .alhugandumenge dhuaa akee thikudhin avaha rajje adheveyne goth vun.

ހިޔާލު ދެއްވާ!

Your email address will not be published.